ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ފަށައިފި

2018-03-25

ނ.އަތޮޅު ކައުންސިލުން ދެމުން އައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އަނެއްކާވެސް އެޚިދުމަތް ދޭން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމުގެ މަސައްކަތް މެދުކެނޑުނީ ހިދުމަތް ދެމުންއައި ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް މިހާރު މުޅިންއާ ސިސްޓަމެއް ބެހެއްޓި ކުރިޔަށްވުރެ ހަލުވިކަމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް …

ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އެހީތެރިވުމުގެ ގޮތުން އެލްޖީއޭއިން ނ.އަތޮޅުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

2017-12-29

ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ނ.އަތޮޅުގެ ރަށްތަކަށް އަމާޒު ކުރައްވައިގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕްގައި އެލްޖީއޭގެ ފަރާތުން ތިންބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ. މިވޯކްޝޮޕްބާއްވާފައިވަނީ 27 ޑިސެމްބަރު 2017 އިން 28 ޑިސެމްބަރު 2017 އަށެވެ. ނ.އަތޮޅު ކައުންސިލްގެ ޕުރޮފެޝަނަލް ޓެކްނިކަލް ޓްރެއިނިންގ ޔުނިޓްގައި ކުރިއަށް ގެންދިޔަ މި …

ރައީސުލް ޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ނ.އަތޮޅަށް މާދަމާ ޒިޔާރަތް ކުރައްވަނީ

2017-12-23

ނ.އަތޮޅުގެ 4 ރަށަކަށް މާދަމާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޒިޔާރަތް ކުރައްވާނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ނ. މާޅެންދޫ، ނ.ހެނބަދޫ، ނ.ހޮޅުދޫ އަދި ނ.ވެލިދޫއަށެވެ. މާޅެންދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށުގައި އަލަށް އިމާރާތް ކުރެވިފައިވާ މިސްކިތް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. ނ.ހެނބަދޫއަށް ކުރައްވާ ޒިޔާރަތުގައި …