ނ.އަތޮޅު ކައުންސިލްގެ ޕްރޮފެޝަނަލް އެންޑް ޓެކްނިކަލް ޓްރޭނިންގ ޔުނިޓް ހުޅުވައިފި

2017-06-01

ނ.އަތޮޅު ކައުންސިލާއި ސިވިލް ސާރވިސް އިންސްޓިއުޓްއާ ދެމެދު 21 ޑިސެމްބަރ 2016 ގައި ސޮއި ކުރެވުނު ފަހުމުނާމާގައިވާ ގޮތުގެ މަތިން، ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ، މަރުކަޒު “ޕްރޮފެޝަނަލް ޓެކްނިކަލް ޓްރޭނިންގ ޔުނިޓް” ގެ ނަމުގައި ނ.މަނަދޫގައި ހުޅުވިއްޖެއެވެ.

މިމަރުކަޒު ހުޅުވައިދެއްވީ ނ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޙުސްނީ މުބާރިކްއެވެ

މިމަރުކަޒުގެ ދަށުން ފަށާ ފުރަތަމަ ކޯސް، ސެޓްފިކެޓް ލެވަލް 3 ގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ، އަންނަ ޖުލައިމަހުގެ 13 ވަނަ ދުވަހު ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވެއެވެ.

މިކޯހުގައި ސިވިލް ސާރވިސް މުވައްޒިފުންގެ އިތުރުން ޢާއްމު ފަރާތްތަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ. ކޯހުގެ ފީއާކީ 2500 ރުފިޔާ ކަމުގައި ވާއިރު ސިވިލްސާރވިސް މުވައްޒަފުންނަށް %40 ގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.