ނ.އަތޮޅު ކައުންސިލުން ހިންގަމުންދާ ޕްރެފެޝަނަލް އެންޑް ޓެކްނިކަލް ޓްރެއިނިންގ ޔުނިޓް ( ޕީޓީޓިޔޫ ) ގެ ފުރަތަމަ ކޯސް ކަމުގައިވާ ސެޓްފިކެޓް ތްރީ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފިއެވެ.
މިކޯހަކީ ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާއި ނ.އަތޮޅު ކައުންސިލްއާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޯހެކެވެ. މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެފައި ވެއެވެ. ކޯހުން 1ވަނަ ހާސިލްކޮށްފައިވަނީ ނ.މަނަދޫ، ވަސްމީރު، މޫސާ ފަތުހީއާއި، ނ.މަނަދޫ، ޒޭވަރު،މަރިޔަމް މުޙައްމަދު އެވެ. މިކޯސް ފުރިހަަމަ ކުރެއްވި ހުރިހާ ދަރިވަރުންނަށް ނ.އަތޮޅު ކައުންސިލުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.