ހޮޅުދޫ

ހޮޅުދޫ ބަނދަރު ސަރަޙައްދު 2009މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަކީ އާބާދީގައި 2116 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 1041 މީހުންނަކީ އަންހެނުން އަދި 1075 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 1487 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 96 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 175 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 201 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 324 ގޭގައެވެ.