ލަންދޫ

ލަންދޫ 2009

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ އަކީ އާބާދީގައި 970 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 490 މީހުންނަކީ އަންހެނުން އަދި 480 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 631 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 57 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 91 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 47 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 170 ގޭގައެވެ.