ޅޮހި

ޅޮހީގެ ބަނދަރު ސަރަހައްދު 2009

މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ އަކީ އާބާދީގައި 831 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 405 މީހުންނަކީ އަންހެނުން އަދި 426 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 551 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 45 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 98 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 45 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 108 ގޭގައެވެ.