ކުޑަފަރި

ކުޑަފަރީ ފާލަން 2009މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރި އަކީ އާބާދީގައި 777 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 351 މީހުންނަކީ އަންހެނުން އަދި 426 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 509 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 59 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 64 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 52 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 114 ގޭގައެވެ.