ކެނދިކުޅުދޫ

މިލަދުންމަޑުލު ދެކުނުބުރީ ކެންދިކުޅުދޫ އަކީ އާބާދީގައި 1686 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 854 މީހުންނަކީ އަންހެނުން އަދި 832 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 1121 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 88 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 169 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 174 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 240 ގޭގައެވެ.