އަތޮޅު ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާ

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާ

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާ އަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އަަަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކުގެ ގުޅުމުގެ ތެރެއިން މަސައްކަތް ކުރުމަށް އުފެދިފައިވާ އިދާރާއެކެކެވެ. މި އިދާރާގެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފޯރުކޮށްދޭ ހިދުމަތްތައް ހިމެނެއެވެ. އެގޮތުން އަތޮޅުގެ ތަރަށްގީއަށް މަސައްކަތް ކުރުމާއި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ހިދުމަތްތައް ފޯރުކޮށްދެމުން ދާތޯ ބެލުންވެސް ހިމެނެއެވެ.

 

ކައުންސިލްގެ ވިޝަން

ޒަމާނީ ހިންގުމުގެ ހުނަރާއި، ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނާއި ގާތުން އަވަހަށް ޚިދުމަތް ފޯރުވައިދޭ ޒިންމާދާރު ކައުންސިލަކަށް ވުން.

 

ކައުންސިލުގެ މިޝަން

ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އަތޮޅުކައުންސިލާއި،ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމާއިއެކު، މުވައްޒަފުންގެ ޤާބިލުކަމާއި، އެއްބައިވަންތަކަންއިތުރުކޮށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީގެ ޙަރަކާތްތައް ރާވާހިންގުން.