ހޮޅުދޫ

ހޮޅުދޫ ބަނދަރު ސަރަޙައްދު 2009މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަކީ އާބާދީގައި 2205 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 1080 މީހުންނަކީ އަންހެނުން އަދި 1125 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 1652 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 90 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 220 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 64 އެވެ. މަތީ ސާނަވީ ތައުލީމް ހޯދާ ދަރިވަރުންގެ އަދަދަކީ 31 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 341 ގޭގައެވެ.