ޅޮހި

ޅޮހީގެ ބަނދަރު ސަރަހައްދު 2009

މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ އަކީ އާބާދީގައި 943 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 450 މީހުންނަކީ އަންހެނުން އަދި 493 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 638 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 57 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 79 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 28 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 122 ގޭގައެވެ.